ދިވެހިރާއްޖެ
މިކޯޓުގައި ނީލަމުގައި ވިއްކާލުމަށް ބޭނުންވެފައިހުރި ބައެއް ތަކެތި ނީލަން ކިޔުމަށް މީގެ ކުރިން މިކޯޓުން ކުރެވުނު ނަންބަރު: B8C-A/2024/15 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީވެ، އެއިޢުލާން ބާތިލްކޮށް އަލުން މިކަމަށް އިޢުލާންކުރީމެވެ. ވީމާ ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން 19 ނޮވެމްބަރ 2024 (އަންގާރަ) ދުވަހުގެ 16:00 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 20 ނޮވެމްބަރ 2024 (ބުދަ) ދުވަހުގެ 12:00 ގެ ކުރިން ދައްކަވާ ނިންމަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަންކިޔޭނެއެވެ. ނީލަމުން ނެންގެވި ތަކެއްޗަށް ފައިސާދައްކަވާފައިވާ ފަރާތްތަކަށް ތަކެތި ދޫކުރުން 20 ނޮވެމްބަރ 2024 (ބުދަ) ދުވަހުގެ 12:00 ން ފެށިގެން 14:00 އަށް މިކޯޓުގައި އޮންނާނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ. ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.