ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HCM-IUL-2024-50
މަޤާމް: ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)
ވަޒީފާ އަދާކުރަންޖެހޭ ތަން: ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، މާލެ
މަސައްކަތު ގަޑި: 8:00 އިން 16:00
މަޤާމުގެ ޝަރުތު:
1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ޑިޕްލޮމާ ނުވަތަ 6ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
3- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ތަޢުލީމީ ދާއިރާތައް:
1- ސޯޝަލް ޕޮލިސީ
2- ސޯޝަލް ސައިންސް
3- ޑިވެލޮޕްމަންޓް ސްޓަޑީސް
4- ޕަބްލިކް އެޑްމިނިސްޓްރޭޝަން
5- މެނޭޖްމަންޓް
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
1- ޕަބްލިކް ރިލޭޝަންސް އެންޑް މެނޭޖްމަންޓް
2- މީޑިއާ
3- ޖާނަލިޒަމް
4- މާކެޓިންގ
5- ކޮމިއުނިކޭޝަންސް ސްޓަޑީޒް
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާއި އެޖެންސީގެ އެހެނިހެން ޚިދުމަތްތަކާއި ގުޅޭ ގޮތުން އެޖެންސީގެ ވެބްސައިޓާއި އެން.ޑީ.އާރު ޕޯޓަލްގައި ހިމެނުމަށް ބޭނުންވާ "ކޮންޓެންޓް" (އިނގިރޭސި އަދި ދިވެހި ބަހުން) ތައްޔާރުކޮށް، އަދާހަމަކުރުން.
- ތަފާތު މަންސަތައް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާއި މާލީ އިނާޔަތްތަކާއި އަދި އެޖެންސީގެ އެހެނިހެން ޚިދުމަތްތަކާއި ގުޅޭ ގޮތުން ހޭލުންތެރިކުރުވުމަށް ބޭނުންވާ ލިޔެކިޔުންތަކާއި، ވީޑިއޯ ކްލިޕް ފަދަ ތަކެތި ތައްޔާރުކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާއި އަދި އެޖެންސީގެ އެހެނިހެން ޚިދުމަތްތަކާއި ގުޅޭ ކޮމިއުނިކޭޝަން ޕްލޭން އެކުލަވާ ތަންފީޒުކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާ އެޖެންސީގެ އެހެނިހެން ޚިދުމަތްތަކާއި ގުޅޭ ގޮތުން މަސްލަޙަތުވެރިން ހޭލުންތެރިކުރުމުގެ ސެޝަންތަކާއި ފޯރަމްތަކާއި ވެބިނާތަކާއި އަދި ބައްދަލުވުންތައް ކޯޑިނޭޓްކޮށް، ޕްލޭންކޮށް، އިންތިޒާމުކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ތަންފީޒުކުރުމުގައި އެޖެންސީގެ މުވައްޒަފުންނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މީޑިއާ އާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ގުޅުންތައް ގާއިމުކޮށް، މީޑިއާތައް މެދުވެރިކޮށް އެޖެންސީއަށް ލިބޭ ސުވާލަތަކަށް ޖަވާބުދެވޭނެ ނިޒާމެއް ގާއިމުކޮށް އެކަން ކުރެވޭކަން ކަށަވަރުކުރުމާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާއި އެޖެންސީގެ އެހެނިހެން ޚިދުމަތްތަކާއި ގުޅޭ ގޮތުން މީޑިއާ ކަވަރޭޖް މޮނިޓަރކުރަމުން ދިއުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާއި، އެޖެންސީން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމް ތަކާއި ގުޅިގެން ހުށަހަޅާ އެޕްލިކޭޝަން ފޯމްތައް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގަވާޢިދާއި އުސޫލާއި އެއްގޮތަށް ކުރުން.
- ހަވާލުކުރެވޭ މަސައްކަތާ ގުޅުން ހުރި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދުދީ މަސައްކަތްތައް ސުޕަރވައިޒް ކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
- ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
މުސާރައާއި އިނާޔަތް:
- -/20،000.00 ރުފިޔާ
ކުރިމަތިލުމުގެ ސުންގަޑި: 12 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.