ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަބްލިއު.ޑީ.ސީ ފުޓްސަލް ކަޕް 2024 ހޯސްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ

ޑަބްލިއު.ޑީ.ސީ ފުޓްސަލް ކަޕް 2024، ނަމުގައި ހދ ނޮޅިވަރަންފަރު ޑަބްލިއު.ޑީ.ސީ އިން އިންތިޒާމްކޮށް، ނޮޅިވަރަންފަރުގެ އަންހެން ކަނބަލުންނަށް އަދި އަވަށްޓެރި 03 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަމާޒުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތެއް 25 ނޮވެމްބަރު 2024 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ހޯސްޓްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީކުރުމުގެ ސުންގަޑި ‏11‏ ނޮވެމްބަރ‏ 2024‏ (ހޯމަ‏) 10:00 އަށް

ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/TXXA3AxJ1Q  

އަންދާސީ ހިސާބު ހުށަހެޅުން: ‏14‏ ނޮވެމްބަރ‏ 2024‏ (ބުރާސްފަތި‏)   10:00  އަށް

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ ‏10‏ ނޮވެމްބަރ‏ 2024‏ (އާދީއްތަ‏) 11:00ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

04 ނޮވެންބަރު 2024
ހޯދާ