ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މަސްވެރިންގެ ދުވަސް 2024" ހޯސްޓް ކުރާނެ ރަށެއް ކަނޑައެޅުމާ ބެހޭ

             މިި އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި މިކައުންސިލުން 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަ ގޮތެއްގައި އަތޮޅުގައި ފާހަގަކުރުމަށް ޓަކައި، ޕްރޮޕޯސަލް ހުށަހެޅުމަށް 2ވަނަ ފަހަރަށް މި އަތޮޅުގެ ރަށު ކައުންސިލްތަކާއި ކުލަބު ޖަމްޢިއްޔާތަކަށް ހުޅުވާލަމެވެ.

             މަސްވެރިންގެ ދުވަސް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، ޕްރޮޕޯސަލް ފުރިހަމަ ކުރެއްވުމަށްފަހު،
2024 ނޮވެންބަރު 13 ވާ ބުދަ ދުވަހުގެ 12:00 ކުރީން މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected]   އަށް  ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

             ހޯސްޓްކުރާނެ ރަށެއް ކަނޑައަޅާނީ މާކްސް ލިބޭ އުސޫލަށް ބަލައި އިވެލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ. ހޯސްޓުކުރުމުގެ ފުރުޞަތު ލިބޭ ފަރާތަކަށް 30000.00 ރުފިޔާގެ ފައިސާގެ އެހީތެރިކަން މިކައުންސިލުގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ. 

04 ނޮވެންބަރު 2024
ހޯދާ