ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަން  ކިޔުމަށް ކުރެވުނު ނަންބަރު (IUL)222-AH/222/2024/6 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބު ލިބިފައި ނުވާތީ އެ ތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް ޗާންދަނީމަގުގައި ހުންނަ ޤައުމީ ދާރުލްއާސާރުގެ ގްރައުންޑް ފްލޯގައި 2024 ނޮވެންބަރު 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ. މި ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން، 2024 ނޮވެންބަރު 31 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ޤައުމީ ދާރުލްއާސާރުގެ ގްރައުންޑް ފްލޯއަށް ޙާޟިރުވެ ވަޑައިގެންނެވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން، 2024 ނޮވެންބަރު 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ޤައުމީ ދާރުލްއާސާރުގެ ގްރައުންޑް ފްލޯއަށް ޙާޟިރުވެވަޑައިގެން، ނީލަމުގައި ބައިވެރިވެވަޑައިގެންނެވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންދަވާ ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރެއްވުމަށްފަހު އެތަކެތި ނުގެންދަވާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރިވެ ވަޑައިގެންނެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 ނޮވެންބަރު 2024
ހޯދާ