މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައުތަކެތި ނީލަން ކިއުން (ދެވަނަ އިޢުލާން)

       ރ. ދުވާފަރު ކައުންސިލް އިދާރާގެ ބޭނުންކޮށްފައިވާ ތަކެތި ނީލަންކިއުމަށް ކުރިން ބޭއްވުނު ނީލަމުގައި (އައި.ޔޫ.އެލް ނަންބަރު: (IUL)304-CA/304/2024/213)  ބައެއް ތަކެތި ނުވިކި ހުރުމާ ގުޅިގެން، އަލުން ނީލަމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ނީލަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 ނޮވެމްބަރ 08 ވާ ހުކުރު ދުވަހު، މެންދުރުފަހު 14:00 ގައި ރ. ދުވާފަރު ކައުންސިލް އިދާރާގައެވެ.

ނީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އިސްވެދެންނެވުނު ތާރީޚާއި ގަޑިއަށް ރ. ދުވާފަރު ކައުންސިލް އިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ.

                  ތަކެތި ނީލަމުން ނެންގެވުމަށްފަހު 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ. ތަކެތި ދޫކުރެވޭނީ ނީލަމުން ނެންގެވި އެއްޗަކަށް ދައްކަވަންޖެހޭ ފައިސާ ރ. ދުވާފަރު ކައުންސިލްގެ އިދާރާއަށް ދެއްކެވުމަށް ފަހުގައެވެ.

01 ނޮވެންބަރު 2024
ހޯދާ