އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިއުލާން - ކަނދުފަތީގެ މަޢުލޫމާތު

އިޢުލާން  

 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހިންގަމުންގެންދާ އޮއިވާލި ކަނދުފަތި ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން އައްޑޫސިޓީގެ ވިލިނގިލީގެ އިރު ދެކުނުން ޤާއިމްކޮށްފައިވާ ކަނދުފަތީގެ މަޢުލޫމާތު ތިރީގައި މިވަނީ އެވެ.

ކަނދުފަތީގެ މަޢުލޫމާތު

ޤާއިމު ކުރެވިފައިވާ ސަރަހައްދު

ވިލިނގިލީގެ އިރު ދެނުން 10 މޭލުބޭރުގައި

ކަނދުފަތީގެ ނަންބަރު

R09D02-01

ޤާއިމްކުރި ތާރީޚު

28 އޮކްޓޫބަރ 2024

ޕޮޒިޝަން

00 ދަރަޖަ 49 މިނިޓް 42 ސިކުންތު، ދެކުނު އަރުޟު (°49’42”S00(

73 ދަރަޖަ 17 މިނިޓް ސިކުންތު، އިރު ތޫލު (°17’47”E73(

 

 މި ކަނދުފަތި ތަކާއި މެދު ސަމާލުވެ، ކަނދުފަތި ބެލެހެއްޓުމަށް މަސްވެރިން ސަމާލުކަން ދެއްވައި ކަނދުފައްޗަށް ގެއްލުމެއް ލިބިއްޖެނަމަ ލިބޭގެއްލުން އަދި ކަނދުފަތި ކަނޑައިގެން ގޮސްފިނަމަ ކަނޑައިގެން ދިޔަ ތާރީޚާއި، ހޮވިނަމަ ހޮވި ތާރީޚާއި، ހޮވި ފަރާތާއި، ހޮވި އުޅަނދާއި، ބޮޔާއި އަދި ބޮޔާއިއެކު ހޮވިތަކެތި އަދި ކަނޑައިގެން ގޮސްފައި ހުރި ތަނުގެ ތަފްޞީލު މަޢުލޫމާތު  މި އިދާރާގެ ނަންބަރު 7925003 އަށް ގުޅުއްވައި ނުވަތަ ވައިބަރ ކޮށްދެއްވުން އެދި ދެންނެވީމެވެ. އަދި ކަންދުފައްޗާއި ގުޅޭގޮތުން މުޢާމަލާތް ކުރައްވާ އިރު، ކަނދުފަތީގެ ނަންބަރު އަދި ކަނދުފަތި ޤާއިމުކޮށްފައިވާ ސަރަޙައްދު ބޭނުންކުރެއްވުން އެދެމެވެ.

 ވިމާ، މި ކަދުފަތީގެ މަޢުލޫމާތު ހުރިހާ މަސްވެރިންގެ މަޢުލޫމާތަށްޓަކައި އާއްމުކޮށް އިޢުލާން ކުރީމެވެ.

28 ރަބީއުލްޢާޚިރު 1446

31 އޮކްޓޫބަރ  2024

31 އޮކްޓޫބަރު 2024
ހޯދާ