ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނީގެ ޓީވީއެމް ގޯތިތެރޭގައި ހުރި ޓީވީ ޓަވަރ މަރާމާތު ކުރުމާއި ދަވާދުލުމުގެ މަސައްކަތްކޮށްދޭނެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2024/378

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-53-24) BT/2024/33

 

 

 

އިޢުލާން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

          މިކުންފުނީގެ ޓީވީއެމް ގޯތިތެރޭގައި ހުރި ޓީވީޓަވަރ މަރާމާތު ކުރުމާއި ދަވާދުލުމުގެ މަސައްކަތްކުރުމަށް ބޭނުންވާތީ، އެމަސައްކަތް ކޮށްދޭނެފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

          ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް 07 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ ސައިޓް ބެލުމަށްފަހު، 14 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.  ޕްރޮޕޯސަލް ހުށަހަޅާއިރު ސައިޓް ބެލުމަށްފަހު ކުރަންވާ ކަންތައްތައް ރަނގަޅަށް އެނގި، މަޢުލޫމާތުގައިވާ ހުރިހާކަމެއް ފުރިހަމަކޮށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ. އަދި ސައިޓް ބެލުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

          ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތުޝީޓް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައި އެވަނީއެވެ

                      28 ރަބީޢުލްއާޚިރު 1446

                      31 އޮކްޓޯބަރ 2024

31 އޮކްޓޫބަރު 2024
ހޯދާ