ދިވެހިރާއްޖެ
ގދ. ހޯނޑެއްދޫ އިން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުން 3 ބިން ޓޫރިސްޓް ހޮޓާ/ގެސްޓްހައުސް އަދި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ތަރައްޤީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް، ބީލަމަށް ހުޅުވާލުމަށް މިކައުންސިލުން ނިންމާފައިވާތީ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ފޯމެއްގެ އަގަކީ -/1000ރ (އެއްހާސް ރުފިޔާ)އެވެ. ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2024 ނޮވެމްބަރ 04 ވަނަ ދުވަހުން ފެށިގެން 2024 ޑިސެމްބަރ 4 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. ބިން ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 2024 ޑިސެންބަރ 05 ވަނަ ދުވަހުގެ 13:30 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ފައިސާ ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށްފަހު މިކައުންސިލްގެ އީމެއިލް [email protected] އަށް ފައިސާދެއްކި ސްލިޕް ފޮނުވުމުން މެއިލް މެދުވެރިކޮށް ފޯމް ފޮނުވޭނެއެވެ. ބިން ކުއްޔަށް ނަގާފަރާތަށް ބޭނުންވާ އެންމެހައި މަޢުލޫމާތު ބިޑްފޯމް އާއިއެކު ބިޑް ފޯމް ބައްލަވައިގަންނަ ފަރާތަށް ދޫކުރެވޭނެއެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއިޢުލާނާއިއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ބިމެވެ.
- 72.1.1 (ބިމުގެ ބޮޑުމިން 5000 އަކަފޫޓް 100 x 50)
- 72.1.2 (ބިމުގެ ބޮޑުމިން 5000 އަކަފޫޓް 100 x 50)
- 72.1.3 (ބިމުގެ ބޮޑުމިން 5000 އަކަފޫޓް 100 x 50)
ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވްސް ވިޔަފާރިއަކުން ނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ، ކުންފުނި/ ކޯޕަރޭޓިވްސްގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވްގެ ރަޖިސްޓްރީ/ޕްރޮފައިލް ޝީޓުގެ ކޮޕީއާއި ބީޕީޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި/ އަމިއްލަ ފަރުދަކު ބަދަލުގައި މީހަކު ފޮނުއްވައިގެން ބިޑު ހުށަހަޅާނަމަ އެކަން އެނގޭނެ ބިޑުގެ ވެރިފަރާތުގެ ސިޓީއެއް ބިޑްފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެފަރާތަކަށް ހުށަހެޅޭނީ ބިމަކަށް އެންމެ ބިޑްފޯމެކެވެ. ކޮންމެ ބިމަކަށް ހުށަހަޅަންވާނީ ވަކި ބިޑް ފޯމެކެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.