ތިރީގައި މިދަންނަވާ މަޤާމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޕްރޮޖެކްޓް އޮފިސަރ
|
މުސާރަ
|
-/12,000 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް، ކ.މާލެ
|
ބޭނުންވާ އަދަދު
|
01
|
މުއްދަތު
|
02 މަސްދުވަސް
|
ޝަރުޠު
|
މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ތްރީ އާރު ފޯރަމް އޯގަނައިޒް ކުރުމުގައި އިސްކޮށް މަސައްކަތްކުރުން.
- ތްރީ އާރު ފޯރަމްއާ ގުޅިގެން ބައްދަލުކުރަންޖެހޭ ފަރާތްތަކާއެކު އެޕޮއިންޓްމަންޓްތައް ހަދައި އެ ބައްދަލުވުންތައް އިންތިޒާމުކުރުން.
- ތްރީ އާރު ފޯރަމް އޮގަނައިޒް ކުރުމަށްޓަކައި ރޭވިފައިވާ ޕްލޭންގައި ހިމެނޭ އެންމެހާ ކަންތައްތައް އެޕްލޭނާ އެއްގޮތަށް ދޭތޯ ރަނގަޅަށް ބަލައި މޮނިޓަރ ކުރުން.
- ތްރީ އާރު ފޯރަމްގެ މަސައްކަތް ކުރިއަށްދާގޮތް ދުވަހުން ދުވަހަށް ޑިޕާޓްމަންޓްގެ ހެޑަށް އަޕްޑޭޓް ކޮށްދިނުން.
- ނޭޝަނަލް ވޭސްޓްމެނޭޖްމަންޓް އެވެއަރނެސް ކޭމްޕޭން ރާވައި ހިންގުމުގައި ބޭނުންވާ އެހީތެރިކަން ދިނުން.
- މަސައްކަތްތަކާ ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައް އެކުލަވާލުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވުން.
- ދިވެހިބަހާއި، އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުން.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. (އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
- ސުންގަޑި: 6 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް،
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 7 ޖުލައި 2015 އާއި 16 ޖުލައި 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
08 ރަމަޟާން 1436
|