ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓްގަތުމަށް ބޭނުންވެއްޖެ |
ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އިދާރާއިން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެއެވެ. |
|
އަންދާސީ ހިސާބު ހުށަހެޅުން |
ބީލަމާއި ގުޅުންހުރި މުހިއްމު މަޢުލޫމާތު އަދި އައި.ޓީ އިކްއިޕްމަންޓްސްގެ ސްޕެސިފިކޭޝަން މިއިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށެވެ. އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން އޮންނާނީ 13 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމުގެ އިޢުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. |
އިތުރު މަޢުލޫމާތު: |
އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސް ޔުނިޓް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ ޅ. ނައިފަރު، ދިވެހިރާއްޖެ، ފޯން: 6620331 އީމެއިލް: [email protected] |