މަޤާމު
|
މަސައްކަތު
|
ބޭނުންވާ އަދަދު
|
06
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 2
|
ރޭންކް: އެސް.އެސް.2
|
މުސާރަ
|
މަހަކު -/3,470 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1,000 ރުފިޔާ
|
އިނާޔަތްތައް
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސެކްޝަން/ ޔުނިޓް/ ތަން
|
ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދޫ
|
މަޤާމުގެ މަސްއޫލިއްޔަތު
|
ހަނިމާދޫ އެއަރޕޯޓްގެ އާންމު މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠު
|
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %25 އަށްވުރެ މަތިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މަގުތަކާއި ބަދަނރު އަދި ފާލަންތައް ރަނގަޅު ފެންވަރެއްގައި ބޭއްވުމަށްޓަކައި ކުރަންޖެހޭ މަރާމާތުތައް ކުރުން.
- އިމާރާތްތަކުގައި ކުރަންޖެހޭ މަރާމާތުތައް އޮފީހުން އަންގާ ގޮތެއްގެމަތީން ކުރުން.
- އެއަރޕޯޓްގެ އުޅަނދުފަހަރުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
- މަތިންދާބޯޓަށް މުދާއަރުވާ ބޭލުމާއި އަދި މީގެއިތުރުންވެސް ބޯޓުފަހަރަށާއި ޕެސިންޖަރުންނަށް ޚިދުމަތްދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
- މިއެއަރޕޯޓްގެ ފެނާބެހޭ ސިސްޓަމާއި ނަރުދަމާއާބެހޭ ނިޒާމުތައް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ކަރަންޓާއި ފޯން އަދި ޓީވީކޭބަލް ވަޅުލުމަށްޓަކައި ކޮންނަންޖެހޭ ކޯރުތައް ކޮނުމާއި އަދި މީގެއިތުރުންވެސް މިކަންތައްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އޮފީހުން ބޭނުންވެއްޖެ ހިނދެއްގައި ވާރކްޝޮޕްގައި އަދި ވަޑާންގޭގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ރަންވޭ ދެފަރާތާއި ޕާރކްތައް އަދި އެއަރޕޯޓްގެ އެހެން ސަރަޙައްދުތަކުން ވިނަކޮށުން.
- ޢިމާރާތްތައް ފޮޅައި ސާފުކުރުމާއި ކޮޓަރިތަކާއި ފާޚާނާތައް ސާފުކޮށް ބެލެހެއްޓުމަށް މަސައްކަތްކުރުން.
- އޮފީހުން ހަމަޖައްސާ އުސޫލެއްގެމަތީން ޑިޔުޓީކުރަން އަންގައިފިނަމަ އެޑިޔުޓީއެއްގައި ހިމެނޭ ކަންތައްތައްކޮށް ޑިޔުޓީ ފުރިހަމަކުރުން.
- މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައް ކުރުން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން/ ހަނިމާދޫ އެއަރޕޯޓް އޮފީސް ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/2012/01/2449އިން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ ދާއިރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).
|
ސުންގަޑި
|
09 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 15:00 އަށް.
|
އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން
|
މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ހަނިމާދޫ އެއަރޕޯޓް އޮފީހުގައެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވާނީ ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދުއަށެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެއެވެ.
|