ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ވައިކަރަދޫ އުތުރުފަރާތު އަތިރިމަތީ ސަރަޙައްދުން 09 ބިމެއް ކުއްޔަށް ދޫކުރުން

 

ހދ. ވައިކަރަދޫގައި ވިޔަފާރި އާއި އިޤްތިޞާދީ ހަރަކާތްތައް ފުޅާކޮށް، ކައުންސިލަށް އާމްދަނީ ލިބޭނެ މަގުތައް އިތުރުކުރުމުގެ ގޮތުން، ވައިކަރަދޫ އުތުރުފަރާތު އަތިރިމަތީ ސަރަޙައްދުން 09 ބިމެއް ކުއްޔަށް ދޫކުރުމަށް އިޢުލާން ކުރަމެވެ. ވީމާ، މި ބިންތައް ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި ބީލަމާ ގުޅޭ މަޢުލޫމާތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

މި ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު 14 ނޮވެމްބަރ 2024 ގެ 23:59 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ، މި ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.office.com/r/xXa28PVKkj

މި ބީލަމާ ގުޅިގެން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން، 19 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 28 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައެވެ.

މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ވައިކަރަދޫ ކައުންސިލް އިދާރާ، ހދ. ވައިކަރަދޫ
  • ފޯން: 6520046
  • އީމެއިލް: [email protected]

މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

31 އޮކްޓޫބަރު 2024
ހޯދާ