މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1 ދުވަހުގެ ޕޭސްޓްރީ ކްލާހެއް ނެގުމާއިގުޅޭ

ހުޅުދުއްފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ފާރަފުށި ރިސޯޓް ގުޅިގެން ޕޭސްޓްރީ ކްލާހެއް ނެގުމަށްވަނީ ނިންމާފައެވެ.

ކްލާހާއިބެހޭ މަޢުލޫމާތު:

  • ކްލާހުގެ މުއްދަތު: 1 ދުވަސް
  • ކްލާސް ކުރިއަށް ގެންދާ ތަން: ފާރަފުށި ރިސޯޓް
  • ފީ: ހިލޭ
  • ބައިވެރިންގެ އަދަދު: 8

ކްލާހުގައި ބައިވެރިވުމުގެ ޝަރުޠުތައް:

  • ކުރިން ޕޭސްޓްރީ ކޯހެއް ހަދާފައިނުވާ ފަރާތަކަށް ވުން
  • ސަރުކާރުގެ ވަޒީފާއެއް އަދާކުރާ ފަރާތެއް ކަމުގައި ނުވުން
  • ކޯސް އިންތިޒާމްކުރާ ފަރާތުން ދަތުރު ހަމަޖައްސާ ގަޑިއަކަށް ދަތުރުކުރެވޭނެ ފަރާތަކަށްވުން

ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6580069 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ ކައުންސިލްގެ ވައިބަރ ނަންބަރ 7380069 އަށް ބައިވެރިވާން އެދޭ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު މެސެޖް ކުރައްވައިގެން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަން ނޯޓް ކުރެއްވުމުގެ ސުންގަޑިއަކީ 2024 ނޮވެމްބަރ 01 ވާ ހުކުރު ދުވަހުގެ 13:00ގެ ކުރިންނެވެ. 8 ފަރާތަށްވުރެ ގިނައިން ނަންނޯޓުކޮށްފިނަމަ ޝަރުޠުތަކަށް ބަލާ ބައިވެރިން ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓުލިސްޓް ކުރާ ބައިވެރިންގެ މެދުގައި ގުރުއަތުން 8 ބައިވެރިން ހޮވޭނެއެވެ.

31 އޮކްޓޫބަރު 2024
ހޯދާ