މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރެވިފައިވާ ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުނެގުމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
މި މިނިސްޓްރީގެ ނަންބަރު (IUL)471-HDS3/471/2024/137 (25 އޮކްޓޫބަރު 2024) އިޢުލާނުންގެ ދަށުން ގުޅީފަޅުން ގޯތި ލިބިލައްވާފައިވާ ފަރާތްތަކުގެ މެދުގައި 29 އޮކްޓޫބަރ 2024 ވީ އަންގާރަ ދުވަހުގެ ދަރުބާރުގެ ރަންނަބަނޑޭރި މާލަމްގައި ގުރުނެގުން ބާއްވާފައި ވެއެވެ. މިގޮތުން ގޯތި ލިބިލައްވާފައިވާ ފަރާތްތަކުގެ ފޯމު ނަންބަރާއި، ލޮޓް ނަންބަރު އަދި އެގޯތިތަކުގެ ބޮޑުމިނުގެ ތަފްޞީލް ހިމެނޭ ލިސްޓެއް މި އިއުލާނާއެކު އާންމުކުރީމެވެ.
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި
ވީމާ، ގުޅީފަޅުން ގޯތި ލިބިލައްވާފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތްނަމަhttps://hiyaavehi.housing.gov.mvޕޯޓަލް މެދުވެރިކޮށް 07 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޝަކުވާ ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަންޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
31 އޮކްޓޫބަރު 2024
31 އޮކްޓޫބަރު 2024
ހޯދާ