މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ހިއުމަން ރިސޯސް އޮފިސަރ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ހިއުމަންރިސޯސް ޑިވިޜަން

ޝަރުޠު:

ބެޗެލަރސް ޑިގްރީ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް ހާސިލުކޮށްފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން މިފެންވަރުގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

ސެކްރިޓޭރިއަލް ދާއިރާގައި ނުވަތަ ހިއުމަން ރިސޯސް މަޤާމެއްގައި 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

އެޗްއާރ ރިޕޯޓްތައް ދިރާސާކޮށް ކުންފުނީގެ ފެންވަރު ރަނގަޅުކުރަންހުރި ކަންކަން ކުރުން ނުވަތަ ކުރަންހުރި ކަންކަން ދިރާސާކޮށް ކުރުން.

އިނގިރޭސިބަހުން ރަނގަޅަށް ވާހަކަ ދައްކައި، ލިޔަން އެނގުން.

މަޑުމައިތިރި، އަޚުލާޤު ރަނގަޅު، އެހެން މީހުންނާ އެއްކޮށް މަސައްކަތް ކުރެވޭ ފަރާތެއް ކަމުގައިވުން.

އިތުރަށް އުނގެނުމަށް އިސްކަންދޭ ފަރާތެއްކަމުގައިވުން.

އައިޓީ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން، މައިކްރޯސޮފްޓް އޮފީސް ޕެކްޖް ބޭނުންކުރަން އެނގުން.

މުސާރައާއި އިނާޔަތްތައް: މަހަކު -/12,000 އާއި -/10,000 ރުފިޔާ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ކުންފުނީގެ ޗީފް ހިއުމަން ރިސޯސް އޮފިސަރގެ މަސައްކަތުގައި އެހީތެރިވުން.
  • އެޗް.އާރު މީޓިންގތައް ހަމަޖެއްސުމާއި މީޓިންގ ޔައުމިއްޔާ ނެގުން.
  • އެޗް.އާރު އަށް ބޭނުންވާ ރިޕޯޓުތައް އަމިއްލައަށް ކޯޑިނޭޓްކޮށް، ތައްޔާރުކުރުން.
  • އެޗް.އާރު އާ ގުޅުންހުރި ހަރަކާތްތަކާއި، ޕްރޮޖެކްޓްތައް ރޭވުމާއި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓުފިކެޓު ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް

ކުރިމަތިލުމުގެ ސުންގަޑި: 02 ޖުލައި 2015ގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު – 3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

08 ރަމަޟާން 1436

25 ޖޫން 2015
ހޯދާ