އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ޤަވާޢިދާއި ޚިލާފަށް ޕާކްކުރެވިފައިވާ ވެހިކަލްތައް ނެގުމާއިގުޅޭ

އިޢުލާން

ޤަވާޢިދާއި ޚިލާފަށް ޕާކްކުރެވިފައިވާ ވެހިކަލްތައް ނެގުމާއިގުޅޭ

         ހިތަދޫ ޝަމްސުއްދީނު ބޮޑުފަޑިޔާރު ތަކުރުފާނުމަގުގައި ހުންނަ  " މޭރީބްރޯން " ކުރިމަތިން ޓްރެފިކް ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް ވަގުތީ ގޮތުން ވެހިކަލްތައް ޕާކްކުރުމަށް ޤާއިމުކޮށްފައިވާ ޕާކިންޒޯނުގައި ޤަވާއިދާއި ޚިލާފަށް ވެހިކަލްތައްތައް ދާއިމީކޮށް ޕާކްކޮށްފައިވާކަން ފާހަގަވެފައިވެއެވެ. މީގެ ސަބަބުން މިޕާކިންޒޯނުގެ ބޭނުން ޢާންމު ފަރާތްތަކަށް ނުހިފޭކަމުގެ ޝަކުވާތައް މިއިދާރާއަށް ހުށަހެޅިފައިވެއެވެ. މިގޮތުން ދާއިމީކޮށް ޕާކްކުރެވިފައިވާ އުޅަނދުތަކުގެ ރެޖިސްޓްރީ ނަމްބަރުތައް ތިރީގައި އެވަނީއެވެ.

BC1A - P2459 .1

BB1A- P5156 .2

BC2A - P310 .3

BB1A - P4014 .4

BC2A -P1659 .5

6. BC2A - C1968

BB1A – P7968 .7

8. 4005

         ވީމާ މަތީގައި ދެންނެވިފައިވާ ވެހިކަލްތައް މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެތަކެތީގެ ވެރިފަރާތުން ނެންގެވުމަށް އަންގަމެވެ. މިމުއްދަތުގެ ތެރޭގައި ނަންގަވާފައިނުވާ ވެހިކަލްތައް މިއިދާރާއިން ނަގާނެކަމާއި، މިގޮތަށް ވެހިކަލްތައް ނެގުމުގައި އެތަކެއްޗަށްލިބޭ އެއްވެސް ގެއްލުމެއްގެ ޒިއްމާ މިއިދާރާއިން ނުނެގޭނެ ވާހަކަ ވެސް ދެންނެވީމެވެ.

 

27 ރަބީޢުލް އާޚިރާ 1446

30 އޮކްޓޫބަރ 2024

30 އޮކްޓޫބަރު 2024
ހޯދާ