މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "ރަނި އެވޯޑް 1446"
މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އަންހެނުންނަށް ޙާއްސަކޮށްގެން ކުރިއަށް ގެންދަން އިޢުލާންކޮއްފައިވާ ރަނި އެވޯޑް: (IUL)425-CB/1/2024/298 ހަވާލާދީ ދަންނަވަމެވެ. މި އިޢުލާންގެ މުއްދަތު ހަމަވިއިރު ބޭނުންވާ ވަރަށް ތަރުހީބު ލިބިފައި ނުވާތީ މިއިޢުލާންގެ މުއްދަތު 7 ނޮވެމްބަރު 2024 ވަނަ ދުވަހުގެ 14:00އަށް އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. މި އިޢުލާން އާއި އެކު ކުރިން އިޢުލާން ކުރެވިފައިވާ ލިންކް: http://www.gazette.gov.mv/iulaan/310165 ހިއްސާ ކޮއްލީމެވެ. މި ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކޮއްލެއްވުން އެދެމެވެ. އަދި އެވޯޑަށް ހުށަހެޅުމުގެ އުޞޫލާއި މަޢުލޫމާތު ޝީޓު މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ.
30 އޮކްޓޫބަރު 2024
ހޯދާ