ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ، އީކޮމާސް އެންޑް މާރކެޓިންގ

މަޤާމު: އެސިސްޓެންޓް ޑިރެކްޓަރ އީކޮމާސް އެންޑް މާރކެޓިންގ

މުސާރައާއި އެލަވަންސް:

މަހަކު -/20،000 ރުފިޔާ

މަޤާމުގެ ރޭންކް

EX3

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އީ ކޮމާސް އެންޑް މާރކެޓިންގ

މަޤާމުގެ ޝަރުޠު:

  • މަސްއޫލިއްތުތަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދަތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ހާސިލުކޮށްފަވުން ނުވަތަ ކަނޑައެޅިފައިވާ ދާއިރާގެ މަސައްކަތުގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އީކޮމާސް އެންޑް މާކެޓިންގ ޑިޕާޓްމެންޓްގެ ޕްރޮޖެކްޓްސްތައް ރާވައި ހިންގުން.
  • ނިއުމީޑިޔާގައާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ކުންފުނީގެ ޕްރޮޑަކުޓްތައް ޕްރޮމޯޓްކުރުން.
  • ކުންފުނީގެ ބްރޭންޑްސްތައް މެނޭޖްކުރުމުގައި އެހީވުން.
  • ކުންފުނީގެ އީކޮމާސް ޕްލެޓްފޯމްތައް މެނޭޖްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ އެންމެހައި ޕްރޮޑަކުޓްސްތައް ޑިޖިޓަލް މީޑިޔާގެ ޕްލެޓްފޯމްތަކުގައި ބޭނުން ކުރެވޭގޮތަށް ތައްޔާރުކުރުން.
  • ކުންފުނީގެ ޑިޖިޓަލް އަދި މަލްޓިމީޑިޔާ ޕްލެޓްފޯމްތައްް (ކުންފުނީގެ ވެބްސައިޓާއި ސޮފްޓްވެއަރ އަދި އެޕްލިކޭޝަންތައް) މެނޭޖްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ޕްރޮޑަކްޓްސްތައް މާކެޓް ކުރުމަށް، ތަފާތު ޕްލެޓްފޯމްތަކުގައި ކަންކަން ރާވައި ހިންގުން.
  • ކުންފުނީގެ އިންޓަރނަލް އަދި އީމާކެޓިންގގެ ކަންކަން ރާވައި ހިންގުން.

ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަލްޓިމީޑިޔާ، މާކެޓިންގ އަދި ޕީ.އާރު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • މީގެ އިތުރުން، އިނޮވޭޓިވް ޚިޔާލުތަކާއި ކްރިއޭޓިވިޓީގެ މިންވަރު ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓަރސް ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަރވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 08 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ.އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

08 ރަމަޟާން 1436

25 ޖޫން 2015
ހޯދާ