ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުން ބޭނުންކުރާ ފާޚާނާ މަރާމާތުކުރުން

  1. މިސްކޫލްގެ ދަރިވަރުން ބޭނުންކުރާ 2 ފާޚާނާބަރި މަރާމާތުކުރުމަށް ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2024 އޮކްޓޯބަރ 30 ން 2024 ނޮވެމްބަރ 06 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:

 https://docs.google.com/forms/d/1r8zJ7xQwxzk1LtKnD2cIP6ndjB7daZvYEf_Shwf5xT0/edit

  1. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ނޮވެމްބަރ 05 ވަނަ ދުވަހުގެ 18:00 ގެކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ނޮވެމްބަރ 07 ވަނަ ދުވަހުގެ ހެނދުނު 10:00 ގައިޢިމާދުއްދީން ސްކޫލްގައެވެ.
  3. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  4. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޢިމާދުއްދީން ސްކޫލް

ރެހެންދި ހިނގުން، ގަލޮޅު

މާލެ، ދިވެހިރާއްޖެ. 

ފޯން: 3006648

އީ-މެއިލް: [email protected]

ކޮޕީ-މެ

30 އޮކްޓޫބަރު 2024
ހޯދާ