ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ ކައުންސިލަށް 06 ޝީޓްގެ ބަގީއެއް ގަތުން

މިއިދާރާއިންދޭ މަޢުލޫމާތާއި، އެއްގޮތަށް މިކައުންސިލަށް 06 ޝީޓްގެ ބަގީއެއް ގަންނަން ބޭނުންވެގެންކުރި މިއިދާރާގެ ނަންބަރ: (IUL)378/2024/47( 20 އޮކްޓޯބަރ 2024 ) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިދެންނެވި ބަގީ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، ބިޑްރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާއަށްވަޑައިގެން ނުވަތަ  މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށްބިޑް ރަޖިސްޓްރީ ކުރައްވާ،   އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއިއެކު ހިމަނަންވާނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

މި ކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

12 ނޮވެމްބަރ 2024

އަންގާރަ

12:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑި

14 ނޮވެމްބަރ 2024

ބުރާސްފަތި

10:00

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 07 ނޮވެމްބަރ 2024 ( ބުރާސްފަތި ) ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ އީމެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 އޮކްޓޫބަރު 2024
ހޯދާ