ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ ބައެއް އިމާރާތްތަކުގެ ސީލިންގ މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުމަށް

1- މި ސްކޫލްގެ ބައެއް އިމާރާތްތަކުގެ ސީލިންގ މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

2- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 31 އޮކްޓޯބަރ 2024 އިން 06 ނޮވެމްބަރ 2024އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ.

3- ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

3.1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

3.2- ރަޖިސްޓްރީ ނަންބަރު.

3.3- އީމެއިލް އެޑްރެސް.

3.4- ގުޅޭނެ މޯބައިލް ނަންބަރު.

4- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 07 ނޮވެމްބަރ 2024ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން  ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 13 ނޮވެމްބަރ 2024ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައިމިސްކޫލްގެ  ޖަލްސާކުރާ މާލަމުގައެވެ.

6- ސީލިންގ ކުރަން ބޭނުންވާ ތަންތަން ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް 31 އޮކްޓޯބަރ 2024އިން 06 ނޮވެމްބަރ 2024އަށް މެންދުރު 10:00 އިން 02:00 އަށް ބެލޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝަރަފުއްދީން ސްކޫލް

ހިތަދޫ، އައްޑޫ

ފޯން: 7030-688

އީ-މެއިލް: [email protected] 

މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

30 އޮކްޓޫބަރު 2024
ހޯދާ