މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ވާޗުއަލް ވޯކްޝޮޕް އަދި ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށްޓަކައި ކެމެރާ، ސައުންޑް އަދި ޑިސްޕްލޭ ހިމެނޭ ވާޗުއަލް މީޓިންގ ސެޓަޕް ހެދުމަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައި ކުރުމަށް

 

ދިވެހިރާއްޖެ،

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްP177040

ގްރާންޓް ނަންބަރު: E047-MV

މަސައްކަތުގެ ބާވަތް: ވާޗުއަލް ވޯކްޝޮޕް އަދި ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށްޓަކައި ކެމެރާ، ސައުންޑް އަދި ޑިސްޕްލޭ ހިމެނޭ ވާޗުއަލް މީޓިންގ ސެޓަޕް ހެދުމަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައި ކުރުމަށް

ރިފަރެންސް ނަންބަރު: MV-MOECCT-DMADD-361694-GO-RFQ

 

ދިވެހި ސަރުކާރުން ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓުގެ އޮންލައިން ބައްދަލުވުންތަކާއި، ވާޗުއަލް ވޯކްޝޮޕް އަދި ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށްޓަކައި ކެމެރާ، ސައުންޑް އަދި ޑިސްޕްލޭ ހިމެނޭ ވާޗުއަލް މީޓިންގ ސެޓަޕް ހެދުމަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މައުލޫމާތައް ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.mohst.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފާ އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 2024 ނޮވެންބަރު 14 ވާ ބުރާސްފަތި ދުވަހު 11:00ގެ ކުރިން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ރިސެޕްޝަނަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 2024 ނޮވެންބަރު 14 ވާ ބުރާސްފަތި ދުވަހު 11:01 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެ ވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2024 ނޮވެންބަރު 12 ވާ އަންގާރަ ދުވަހު 1200 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސުރުހީގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

“Do not Open Before 14th  November 2023, at 1101hrs – “Procurement of virtual meeting setup that include Cameras, Sound and Displays for conducting online meetings, virtual workshops and stakeholder engagements - Digital Maldives for Adaptation, Decentralization and Diversification Project (DMADD) – (IUL)10-DMADD/10/2024/108”

 

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓް،

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ،

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،

ކަލާފާނުހިނގުން، މާލެ 20064، ދިވެހިރާއްޖެ

[email protected]އީމެއިލް:

ވެބްސައިޓް: www.mohst.gov.mv 

ފޯނު ނަންބަރ: +(960)330-2253
 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއަށް ލިބިގެންވެއެވެ. އަދި ބީލަން ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

30 އޮކްޓޫބަރު 2024
ހޯދާ