ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު (މަސަތްކަތު)

 

ނަންބަރު: (IUL)404-CA/404/2024/81

 

އިއުލާން

މިސްކިތް ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

 

ހައްދުންމަތީ ހިތަދޫގެ މިސްކިތްތަކުގައި، ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފަކަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީ ވް، ނޯޕޭ ލީވް، އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭ ގޮތް މެދުވެރި ވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެ މަޤާމުތަކުގެ މަސައްކަތް ކުރުމަށް 01 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ފޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ.

 

މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:

02

މަޤާމުގެ ބާވަތާއި މުއްދަތު:

ވޭޖް އެމްޕްލޯއިމަނޓް އުސޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް

ވާޒީފާ އަދާ ކުރަންޖެހޭ ތަން:

މަސްޖިދުލް އިއްޒު/ މަސްޖިދުލް ނޫރު (ކައުންސިލުން ހަވާލުކުރާ މިސްކިތެއްގައި)

މުސާރަ:

މަސައްކަތް ކުރާ ގަޑިއަކަށް 45/- ރުފިޔާ

މަސައްކަތް ކުރަންޖެހޭ ގަޑިގެ އަދަދު:

ދުވާލަކު 5 ގަޑިއިރު، ހަފްތާއަކު 7 ދުވަހު

މަޤާމުގެ ޝަރުތު:

ލިޔަން ކިޔަން އެނގުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް، ނަމާދުކުރެވޭގޮތަށް މިސްކިތް ސާފުކުރުން.
  2. ސްޕަވައިޒަރ އަންގަވާ ގޮތެއްގެ މަތީން މިސްކިތްފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރިތައް ޤަވާއިދުން ޗެކުކުރުމާއެކު ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން އޮންނަ މަގުތައް ކުނިކެހުން.
  3. ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ދޮރުތަކާއި، ހޮޅިބުރި، ފަންކާ، އޭސީ އަދި ކަބަޑުތައް ފޮޅާ ސާފުކުރުން. އަދި ފަންކާތަކާއި ހޮޅިބުރިތަކާއި ބޮކިތައް ދިއްލާ ނިއްވުން.
  4. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން ސްޕަވައިޒަރަށް އަންގަމުން ގެންދިއުން.
  5. ސްޕަވައިޒަރ ހަމަޖައްސާގޮތެއްގެ މަތީން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށްފެންދީ ބެލެހެއްޓުން.
  6. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކާ ހިންގާ އެކިއެކި ޕްރޮގްރާމާއި މުނާސަބަތްތައް ހިންގުމަށް ކައުންސިލުން އަންގައިފި ހިނދެއްގައި ފުރިހަމަޔަށް އެއްބާރުލުން ދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވޭޖް ޕޫލް ގައި ރަޖިސްޓްރީވުމަށް އެދު ހުށައަޅާ ސިޓީ.
  2. މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ލ.ހިތަދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800803  އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

27 ރަބީޢުލްއާޚިރު، 1446

30 އޮކްޓޫބަރު 2024
ހޯދާ