ދިވެހިރާއްޖެ
ނަންބަރު: (IUL)404-CA/404/2024/80
އިޢުލާން
މިސްކިތް ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު
ހައްދުންމަތީ ހިތަދޫގެ މިސްކިތްތަކުގެ މުވައްޒަފަކަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީ ވް، ނޯޕޭ ލީވް، އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭ ގޮތް މެދުވެރި ވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެ މަޤާމުތަކުގެ މަސައްކަތް ކުރުމަށް 01 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ފޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.
މަޤާމް: |
އިމާމް / މުދިމް |
ބޭނުންވާ ޢަދަދު: |
02 |
މަޤާމުގެ ބާވަތާއި މުއްދަތު: |
ވޭޖް އެމްޕްލޯއިމަނޓް އުސޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް |
ވާޒީފާ އަދާ ކުރަންޖެހޭ ތަން: |
މަސްޖިދުލް އިއްޒު/ މަސްޖިދުލް ނޫރު (ކައުންސިލުން ހަވާލުކުރާ މިސްކިތެއްގައި) |
މުސާރަ: |
އިމާމް – މަސައްކަތް ކުރާ ގަޑިއަކަށް 61/- ރުފިޔާ މުދިމް – މަސައްކަތް ކުރާ ގަޑިއަކަށް 53/- ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ގަޑިގެ އަދަދު: |
ދުވާލަކު 5 ގަޑިއިރު، ހަފްތާއަކު 7 ދުވަހު |
މަޤާމުގެ ޝަރުތު: |
އިމާމް – އިމާމު ކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން. މުދިމް – ޤުރުއާން ރީއްޗަށް ކިޔަވަން އިނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން. |
މަޤާމުގެ މަސްޢޫލިއްޔަތު: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ލ.ހިތަދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800803 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
27 ރަބީޢުލްއާޚިރު، 1446