ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ޣާޒީ މުޙައްމަދު ފްރީސްކޫލުގެ ޔުނީފޯމް ތައްޔާރުކުރުމާއި ގުޅޭ (3 ވަނަ ފަހަރަށް)

ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލުގެ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)251-CA/251/2024/119 (12 ސެޕްޓެންބަރު 2024)ގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަމުގެ އަގުތައް ބޮޑުވުމުން، ދެންނެވިފައިވާ ބީލަން ބާޠިލް ކޮށްފީމެވެ.

އަދި ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލުގެ ޔުނީފޯމް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 ނޮވެންބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ބީލަން ރަޖިސްޓަރީކުރާ ފޯމު ހުށަހަޅުއްވައިގެން ބީލަން ރަޖިސްޓަރީ ކުރުމަށް ދަންނަވަމެވެ. ބީލަން ރަޖިސްޓަރީ ކުރެވޭނީ ބީލަން ރަޖިސްޓަރީކުރާ ފޯމް، މި ކައުންސިލްގެ ކައުންޓަރަށް ހުށަހަޅުއްވައިގެން ނުވަތަ މި ކައުންސިލްގެ މެއިލް [email protected] އަށް ފޯމް މެއިލްކޮށްގެންނެވެ.

ބީލަން ހުށަހަޅާ ބައްދަލުވުން އޮންނާނީ 18 ނޮވެންބަރު 2024 ވާ ހޯމަ ދުވަހުގެ 10:30 ގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ މީޓިންގ ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ގެންނަ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ މަސައްކަތާއި ގުޅޭ ލިޔުންތައް މި އިޢުލާނާއިއެކު ޢާންމު ކުރީމެވެ.

29 އޮކްޓޫބަރު 2024
ހޯދާ