ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2024/93(IUL)
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ކ.ގާފަރު ލޭންޑްޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރުކުރުމާއި ޕްލޭންގައި ޕްރޮޕޯސްކުރާ ބިންތައް ޑިމާކް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު 331/331/2024/85(IUL) އިޢުލާން ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ނޮވެމްބަރ 07 ވަނަ ދުވަހުގެ 10:30 ގައި މިކައުންސިލްގެ އިދާރާގައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.