މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކުގެ ގއ. ވިލިނގިލި ކެމްޕަސް ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެ.

މޯލްޑިވްސް ޕޮލިޓެކްނިކްގ ގއ.ވިލިގިލި ކެމްޕަހުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް:[email protected] އަށް މެއިލްކޮށް އަދި [email protected]  އަދި [email protected] އަށް ސީސީ ކުރުމަށްފަހު ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަން މެއިލް ކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.

ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2024 ނޮވެމްބަރ 06 ވަނަ ދުވަހުގެ 13.00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2024 ނޮވެމްބަރ  07ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ބީލަން ހުށަހެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 ނޮވެމްބަރ 14  ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

ބީލަން ހުށަހަޅުއްވާ އިރު ބިޑުގެ ސޮފްޓް ކޮޕީއެއް ހުށަހަޅަން ވާނެއެވެ. (ސީ.ޑީ/ޕެންޑުރައިވް.) އަދި ބީލަމުގެ ޖަދުވަލު 1ގައިވާ ހުރިހާ ލިޔުންތައް ފުރިހަމަ ކޮށްފައިހުންނަން ވާނެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 06 ނޮވެމްބަރ 2024 ދުވަހުގެ 14.00ގެ ކުރިން  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.  

30 އޮކްޓޫބަރު 2024
ހޯދާ