މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހަންދަސްކޮށްދޭކޯސް

އިޢުލާން

 

ފަހަންދަސްކޮށްދޭކޯސް

 މުލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެފަރާތުން ޓޮޕްސީ ޓްރޭނިންގ ސެންޓަރ އާއި ގުޅިގެން 2024 ނޮވެމްބަރ 14 ން 28 އަށް ފަހަންދަސްކޮށްދޭ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

 ވީމާ މި ކޯހުގައި ބައިވެރިވެލެއްވުމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކުން 2024 ނޮވެމްބަރ 06 ވާ ބުދަ ދުވަހުގެ 13:00 ކުރިން ބައިވެރިވުމަށްއެދި ސިޓީ މުލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. ސިޓީ މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ [email protected] އީމެއިލް އެޑްރެހަށެވެ. ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރައްވާނީ މުލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އަލްފާޟިލާ އަސްމާ ޙުސައިންފުޅަށެވެ. ކޯހުގެ ފީއަކީ 1,200.00ރ (ބާރަސަތޭކަ ރުފިޔާ) އެވެ. ފީގެ ދެބައިކުޅަ އެއްބައި ދައްކަވަންޖެހޭނީ ބައިވެރިންނަށެވެ. މި ކޯހާގުޅޭ އިތުރުމައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ކޮމިޓީގެ ރައީސް އަލްފާޟިލާ އަސްމާޙުސައިންފުޅު (މޯބައިލް ނަންބަރ 9674900 ނުވަތަ، އީމެއިލް ކުރައްވާނަމަ [email protected])އަށެވެ.

ވީމާ،މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

29 އޮކްޓޫބަރު 2024
ހޯދާ