ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބީ ޖަލްސާގައި ބައިވެރިވުމުގެ ދަޢުވަތު

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބީ ޖަލްސާގައި ބައިވެރިވުމުގެ ދަޢުވަތު

 

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 5 ވަނަ އިންތިޙާބު ކުރިއަށް ގެންދިއުމަށް ބާއްވާ އިންތިޙާބީ ޖަލްސާގައި ބައިވެރި ވަޑައިގެންދެއްވުމަށް އެދި އެސޯސިއޭޝަންގެ މެންބަރުންނަށް ދަޢުވަތު އަރުމަވަމެވެ.

އިންތިޙާބީ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 2 ނޮވެމްބަރ 2024 ވާ ހޮނިހިރު ދުވަހުގެ 1545 ގައެވެ.  އިންތިޚާބުގެ ވޯޓްލުން އެދުވަހުގެ 1600 އިން 1800 އަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އިންތިޙާބުގެ ކަންކަން ކުރިއަށްދާނީ އެސޯސިއޭޝަނުން އާންމުކޮށްފައިވާ 5 ވަނަ އިންތިޚާބުގެ ޤަވާއިދާއި އެއްގޮތަށެވެ.

ގަޑި: 1545-1830

ތާރީޙް: ހޮނިހިރު، 2 ނޮވެމްބަރ 2024

ތަން: ނެޝަނަލް ޓެނިސް ސެންޓަރ

 

ޖަލްސާގެ އެޖެންޑާ

-          ކީރިތި ޤުރުއާންގެ ބަރަކާތުން ޖަލްސާ ފެށުން.

-          ރައީސް ޖަލްސާ ފައްޓަވައިދެއްވުމަށްފަހު އިންތިޚާބީ ކޮމިޓީއާއި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ޙަވާލު ކުރެއްވުން

-          އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިޔުން

-          އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުން

-          އިންތިޚާބީ ރައީސްގެ ވާހަކަ ދެއްކެވުން.

-          ރައީސް ޝުކުރު ދަންނަވައި ޖަލްސާ ނިންމުން.

29 އޮކްޓޫބަރު 2024
ހޯދާ