ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އަތޮޅު ކައުންސިލްއަށް ބޭނުންވާ ސްޕީޑް ލާންޗެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  1. ހއ. އަތޮޅު ކައުންސިލް އަށް ބޭނުންވާ 37 މީހުންގެ ޖާގައިގެ ސްޕީޑް ލާންޗެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ވީމާ، ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

https://forms.office.com/r/hrAPiqgGFp ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 06 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިންނެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

  • ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 07  ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގައި ހއ.އަތޮޅު ކައުންސިލްގެ އިދާރާގައެވެ. މިބައްދަލު ވުމުގައި ބައިވެރިވެނުލެއްވި ކަމުގައި ވީނަމަވެސް، ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްކަށް ބީލަން ހުށަހެޅޭނެއެވެ.

މަޢުލޫމާތު ދިނުން

  • ބީލަމާ ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މި މިކައުންސިލްގެ ވެބްސައިޓް:www.halifatoll.gov.mv   އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  • ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އީމެއިލް އެޑްރެސް: [email protected]  

ފޯން ނަންބަރު:    6500120

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2024 ނޮވެންބަރު 14 ވަނަ ދުވަހުގެ 11:00 ގައި މި ކައުންސިލް އިދާރާގައެވެ.
  • ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. 
  • ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
29 އޮކްޓޫބަރު 2024
ހޯދާ