ދިވެހިރާއްޖެ
އައްޑޫސިޓީ ކައުންސިލް އިދާރާއަށް ފޮގް މެޝިން ގަތުމާބެހޭ
މިއިދާރާއަށް 12 ފޮގް މެޝިނާއި 50 ލީޓަރ ޕައިނޯސެކްޓް ކެމިކަލް ގަތުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)426-AB/426/2015/86) އިޢުލާނަށް އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހެޅިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިއިދާރާއަށް މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.
08 ރަމަޟާން 1436