ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ހުޅުދެލީ އައުޓްޑޯރ ވޮލީކޯޓު ތަރައްޤީކުރުން

މިއިދާރާއިންދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހުޅުދެލީ އައުޓްޑޯރ ވޮލީކޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެގެންކުރި މިއިދާރާގެ ނަންބަރ: (IUL)378/2024/42( 10 އޮކްޓޯބަރ 2024 ) ގެ އިޢުލާންގެ މަޢުލޫމާތުޝީޓަށް ބަދަލު ގެންނަންޖެހުމާ ގުޅިގެން އެއިޢުލާން ބާޠިލުކޮށްފައިވާތީ އަލުން އިޢުލާން ކުރަމެވެ.

ވީމާ މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، ބިޑްރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާއަށްވަޑައިގެން ނުވަތަ  މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށްބިޑް ރަޖިސްޓްރީ ކުރައްވާ،   އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއިއެކު ހިމަނަންވާނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ޝީޓާއި، ކުރެހުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

07 ނޮވެމްބަރ 2024

ބުރާސްފަތި

12:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑި

13 ނޮވެމްބަރ 2024

ބުދަ

10:30

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ އީމެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 އޮކްޓޫބަރު 2024
ހޯދާ