ދިވެހިރާއްޖެ
ގއ. ވިލިނގިލީގެ ރަސްމީ ފާލަމުގެ ކޮންސެޕްޓް ޑިޒައިން ކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށް ހުށަހެޅުއްވުން އެދެމެވެ.
ގއ. ވިލިނގިލި ރަސްމީ ފާލަމްގެ ކޮންސެޕްޓް ޑިޒައިންހުށަހެޅުމުގެ ސުންގަޑިއަކީ 2024 ނޮވެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ގއ.ވިލިނގިލި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކޮންސެޕްޓް ޑިޒައިން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އަދި "ގއ.ވިލިނގިލި ރަސްމީ ފާލަމްގެ ކޮންސެޕްޓް " މިހެންލިޔެފައި އޮންނަންވާނެ އެވެ.
މި އިޢުލާނާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ 6820027 / 6822503 މިނަންބަރު ފޯނަށެވެ.