މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަހަރީ ރިޕޯޓް ޕްރިންޓްކޮށް ބައިންޑް ކުރަން

މި އޮތޯރިޓީގެ އަހަރީ ރިޕޯޓް ތިރީގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް ޕްރިންޓްކޮށް ބައިންޑް ކުރަން ބޭނުންވެއެވެ.

އަދަދު:              150 ކޮޕީ

ސައިޒް:             A4 ސައިޒް (210mm x 297mm)

ސަފުހާގެ އަދަދު:        116 (ބޭރުގަނޑުގެ ދެފުށް ހިމެނޭ ގޮތަށް)

ކަރުދާސް:            ބޭރުގަނޑު: 250 ޖީ.އެސް.އެމް އާރޓް ކާޑު

                 އެތެރެ ގަނޑުތައް: 130 ޖީ.އެސް.އެމް އާރޓް ޕޭޕަރ ސިލްކް

ޕްރިންޓް:             ހުރިހާ ގަނޑެއް ކުލަކޮށް

ފިނިޝިންގ:          ޕަރފެކްޓްލީ ބައުންޑް

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މި އޮތޯރިޓީއަށް (ދެވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

05 ޖުލައި 2015

އާދީއްތަ

14:30

މާކްސް ދޭނެގޮތް:

  • އަގަށް:          %70 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާކްސް)
  • ޑެލިވަރީ މުއްދަތު:    %30 (އެންމެ ކުރު މުއްދަތެއް ހުށަހަޅުއްވާ ފަރާތަކަށް އެންމެ ގިނަ މާކްސް)

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

- އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ބިޑް ޕްރޮޕޯޒަލް (ޖީ.އެސް.ޓީ އަށް ވާ އަދަދު ވަކިން އެނގޭނެހެން ޖުމުލަ އަގު ހުށަހެޅުން)

- މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ ތަފުސީލު

- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް (މިފަދަ މަސައްކަތް ކުރުމުގައި ތަޖުރިބާ ލިބިފައިވާ މުއްދަތު އެނގޭގޮތަށް)

- ކުންފުނި ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ

- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ

- ފަންނީގޮތުން ޤާބިލުކަން ހުރި މިންވަރު

- އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ، އެ ފަދަ ލިޔުމެއް

23 ރަޖަބު 1436

12 މޭ 2015
ހޯދާ