މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ސިނާއީ ސަރަޙައްދުގައި މަގުބައްތި ޖެހުމާއި މަގު ސާފުކުރުން

  1. ސިނާއީ ސަރަޙައްދުގައި މަގުބައްތި ޖެހުމާއި މަގު ސާފުކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރު: (IUL)309-ESM/309/2024/115  އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގުތަކަކީ މި މަސައްކަތް ކުރުމަށް އެކަށީގެންވާ އަގުތަކަށްވުރެ ބޮޑު އަގުތަކެއްކަމަށް ފެންނާތީވެ، އަލުން  ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 07 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
  3. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 13 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
  4. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 18 ނޮވެންބަރު 2024 ވާ ހޯމަ ދުވަހު 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 20 ނޮވެންބަރު 2024 ވާ ބުދަ ދުވަހު 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

           ފޯނު ނަންބަރު: 6580028

           އީ-މެއިލް: [email protected]

                 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

29 އޮކްޓޫބަރު 2024
ހޯދާ