ދިވެހިރާއްޖެ
މި ފެކަލްޓީން މާއްދާތަކުގެ އައުޓްލައިން ލިޔެދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު MNU-FET/2014/04 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
މިފެކަލްޓީން ދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެމަތިން ތިރީގައިވާ މިދަންނަވާ މާއްދާތަކުގެ އައުޓްލައިން ލިޔެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
އުޖޫރަ: -/7500ރ (ކޮންމެ މާއްދާއަކަށް)
ޝަރުޠު: މާއްދާގެ ރޮނގުން ދަށްވެގެން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވުން ނުވަތަ މާއްދާގެ ރޮނގުން ދަށްވެގެން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާގައި 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
1- އިންޓީރިއަރ ޑިޒައިން 1
2- އިންޓީރިއަރ ޑިޒައިން 2
3- އިންޓީރިއަރ ޑިޒައިން 3
4- އިންޓީރިއަރ ޑިޒައިން 4
5- އިންޓީރިއަރ ޑިޒައިން 5
6- ބިލްޑިންގ ސައިންސް 1
7- ބިލްޑިންގ ސައިންސް 2
8- ބިލްޑިންގ ސައިންސް 3
9- ރިސަރޗް މެތޮޑޮލޮޖީ
10- ޑައިރެކްޓެޑް ރިސަރޗް
11- އެންވަޔަރުމެންޓަލް ސްޓަރޑީ އެންޑް ސަރވިސަސް
12- ތިއަރީ އެންޑް ޕްރެކްޓިސް އޮފް ޑިޒައިން
13- ފަރނީޗަރ ޑިޒައިން ވަރކްޝޮޕް
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިފެކަލްޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3345445 ނުވަތަ 3345441 ނަންބަރު ފޯނާއެވެ.