މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތީގެ ދާއިމީ ލިސްޓް އިސްލާހުކުރުން

ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދުގެ ދަށުން މޯލްޑިވްސް ލޭންޑް ޔޫސް އެންޑް ސާރވޭ އޮތޯރިޓީގެ ނަންބަރު  471-DNPS2/288/2022/17ސިޓީއިން މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިޚްތިޞާޞް ގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި1350  (އެއް ހާސް ތިން ސަތޭކަ ފަންސާސް) އަކަފޫޓުގެ 20 (ވިހި) ގޯތި ދޫކުރުމުގެ ހުއްދަ ދީފައިވާތީވެ، ގޯތި ދޫކުރުމުގައި އަމަލުކުރާނޭ ގޮތް ބަޔާންކުރާން ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދަށް ރިއާޔަތްކޮށް މި އިދާރާއިން އެކުލަވައިލައި އާންމުކޮށްފައިވާ ނ. ކުޑަފަރީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023 ގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މާއްދާގެ (ށ) ގައިވާ މަޢުލޫމާތުތަކާ އެކު 2023 ނޮވެންބަރު 08 ވަނަ ދުވަހު މިއިދާރާގެ އިއުލާން ނަންބަރު (I)288/2023/125 އިން ވާނީ އާންމުކޮށް އަންގާފައެވެ.

ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ކ) ގައި ވާގޮތުގެ މަތިން އަދި މި އިދާރާއިން ފާސްކޮށްފައިވާ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ 2.5 ޕޮއިންޓް އުނިކުރުން (ހ) ގައި ވާގޮތުގެ މަތީން [ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގެ މީހުންގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް ތަނަކުން 1000 (އެއް ހާސް) އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް، ސަރުކާރުން ހަދައިފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް، ނުވަތަ ގެއެއް ލިބިއްޖެ ނަމަ އެ ފަރާތެއްގެ ކިބައިން ގޯތި ވަކިކުރެވޭނެއެވެ.] އަދި [ނ. ކުޑަފަރީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތީގެ ދޫކުރުމުގެ ޕޮއިންޓް ޝީޓް] އަށް ބަލައި ޖެހިގެން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަކަށް އެ ގޯތި ހަވާލުކުރެވޭނެއެވެ.

އެގޮތުގެ މަތީން ގެވަޅަށް ކުރިމަތިލައިފައިވާ ފަރާތް "މަރްޔަމް ފަލާހާ / ފަޒާ" އެފަރާތުގެ ފިރިކަލުން، އަށް ގެވަޅެއް ލިބިފައިވާކަން އަންގާފައިވާތީވެ، މަރްޔަމް ފަލާހާއަށް ދޫކޮށްފައިވާ ގެވަޅު ވަކިކުރެވިފައިވާ ވާކަން އަންގާ އިޢުލާން ކުރީމެވެ.  

29 އޮކްޓޫބަރު 2024
ހޯދާ