މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގައި ޤާއިމްކުރާ ޕާސްޕޯޓް ކަލެކްޝަން ސެންޓަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއްހޯދުމާ ގުޅޭ

  1. މި އިދާރާއިން ދޭ މައުލޫމާތާއި ސްޕެސިފިކޭޝަން އާއި އެއްގޮތަށް، މި އިދާރާގައި ޤާއިމްކުރާ ޕާސްޕޯޓް ކަލެކްޝަން ސެންޓަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު ޢިއުލާން ނަންބަރ (IUL)227-AD-PM/227/2024/52 (20 އޮކްޓޯބަރ 2024) ގުޅިގެން ހުށައަޅާފައިވާ ބިޑުތަށް މި އިދާރާއިން އަންދާސާ ކުރިވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ ޢިއުލާން ބާތިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށް އަލުން ޢިއުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

  2. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް  މި އިދާރާގެ ވެބްސައިޓުން(shaviyani.gov.mv)  އަދި ދިވެހި ސަރުކާރުގެ ގެޒެޓުން (  gazette.gov.mv)  އިޢުލާނާއި އެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

  3. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ‏2024‏ އޮކްޓޯބަރ‏ 31ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.  ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، ‏2024‏ ނޮވެމްބަރ‏ 03 ވާ އާދީއްތަ ދުވަހުގެ 13:00ގެ  ކުރިން މެއިލްކުރެވޭނެއެވެ.

  4. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2024‏ ނޮވެމްބަރ‏ 07ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.

  5. މި މަސައްކަތަށް ބިޑުހުށައަޅަން އެދޭ ފަރާތްތަކުން 04 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވެލެއްވުންއެދެމެވެ.https://forms.office.com/r/iRJP07QfmW

  6. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  8. މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

  9. ފޯން:       6540400، 6540463

    އީމެއިލް:     [email protected]

    ކޮޕީ:        [email protected]

29 އޮކްޓޫބަރު 2024
ހޯދާ