ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާޑިޔާ ބިން ކުއްޔަށް ދޫކުރުން

ބީލަން ހުށަހެޅުމުގެ ދައުވަތު

ގާޑިޔާ ބިން ކުއްޔަށް ދޫކުރުން

             ޢާއިޝާ މިސްކިތް ސަރަހައްދުން ދޫކޮށްފައިވާ ގާޑިޔާ ބަހައްޓާ ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

ބީލަމާބެހޭ މަޢްލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަން ފޯމް ދޫކުރުން

  1. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރ 2024 ން ފެށިގެން 05 ނޮވެންބަރ 2024 ވާ އަންގާރަ ދުވަހުގެ 10:00 ގެ ނިޔަލަށެވެ. 
  2. ބީލަން ފޯމެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ.
  3.  ބީލަން ފޯމް ލިބޭނީ މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ ވެބްސައިޓުންނެވެ.
  4. ބީލަން ފޯމް ބަލައިގަނެވޭނީ މިއިދާރާއަށް ދުރުވެ ފައިސާ ދެއްކުމުން ނުވަތަ މިއިދާރާގެ އެކައުންޓް ނަމްބަރ

001 700293 7725 ( 1443 ރެވެނިއު 1) އަށް ފައިސާ ޖަމާކޮށް ފައިސާ ދެއްކި ސްލިޕްކޮޅު 9926001 އަށް ވައިބަރ/ޓެލްގްރާމް ކުރެއްވުމުންނެވެ.

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނި ތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބީލަން ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 06 ނޮވެންބަރ 2024  ވާ ބުދަ ދުވަހުގެ ހެނދުނު 11:00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

            25 ރަބީއުލްއާޚިރު 1446  

            28 އޮކްޓޫބަރ  2024   

28 އޮކްޓޫބަރު 2024
ހޯދާ