ދިވެހިރާއްޖެ
ކ.ހުރާ ރައްޔިތުންގެ އިންޖީނުގޭގައި މިހާރު ބޭނުންކުރަމުންދާ ކަރަންޓް މައިކޭބަލްގެ 2ފީޑަރ ލޯޑްކަލްކިއުލޭޝަން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ރަށު ރައްޔިތުންގެ އިންޖީނުގޭގައި މިހާރު ބޭނުން ކުރަމުންދާ ކަރަންޓްކޭބަލް ލޯޑު ބޮޑުވެ މައްސަލަތަކެއް ދިމާވަމުންދާތީ މި ފީޑަރ ބޮޑުކުރުމަށް މެއިން ކޭބަލްގެ ދެ ފީޑަރގެ ލޯޑްކަލްކިއުލޭޝަން ހަދައި ފީސިބަލްރިޕޯޓް ހަދައިދޭނެ ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ނަންބަރު 7993018/ 6640074 ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޖުލައި 2015 ވަނަ ދުވަހުގެ 13:30ގެ ކުރިން މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ފެކްސް އާއި މެއިލްގެ ޒަރީއާއިންވެސް އަންދާސީހިސާބު ހުށަހެޅުއްވިދާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ރަމަޟާން 1436