ދިވެހިރާއްޖެ
މިކަމާއި ގުޅޭގޮތުން ކުރެވުނު މިއިދާރާގެ ނަމަބްރ (IUL)416-ESMSPR/416/2024/63 (25 ސެޕްޓެމްބަރ 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގުހުށަޅާފައިނުވާތީވެ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ގދ. މަޑަވެލި ބަނދަރުން ކަރަންޓްލިބޭނެ ގޮތަށް ފައްސޭހަ ޕޮއިންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ގދ. މަޑަވެލި ބަނަދަރުން ކަރަންޓް ލިބޭނެ ގޮތަށް ފައްސޭހަ ޕޮއިންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިއިޢުލާނާއިއެކު، މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، ކުރެހުން އަދި 'އަގުހުށަހަޅާ ފޯމު' އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ބީލަމުގައި ރަޖިސްޓްރީވުން: |
28 އޮކްޓޫބަރ 2024 ން 06 ނޮވެމްބަރ 2024 ވާ (އަންގާރަ) ދުވަހުގެ ހެނދުނު 10:00އާއި ހަމައަށް ތިރީގައިވާ ލިންކުގައިވާ ރަޖިސްޓްރޭޝަން ޝީޓްގެ ގޫގުލް ފޯމް ފުރުއްވައިގެން: |
ޕްރީބިޑް މީޓިންގ: |
07 ނޮވެމްބަރ 2024 ވަނަ ދުވަހުގެ މެންދުރު 10:30 ގައި އޮންލައިން ކޮށް. (މީޓިންގ ލިންކް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޙިއްސާ ކުރެވޭނެއެވެ.) |
ބިޑް ބަލައިގަތުން: |
19 ނޮވެމްބަރ 2024 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި (މަޑަވެލި ކައުންސިލްގެ މީޓިންގ ރޫމްގައި) |
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަތީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ބީލަމުގައި ބައިވެރިވެލެއްވުން އެދެމެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަދި މިމަސައްކަތް ކުރުމަށް ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.