ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުތެރެ ސާފުކުރުން!

                 ކައުންސިލުން އިސްނަގައިގެން 2022  ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ   " ރާވެރިޔާ  ވޮލީ މުބާރާތް" މިއަހަރުވެސް 20 ނޮވެމްބަރ 2024 ގައި ބޭއްވުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން މިއަހަރު ބާއްވަން ހަމަޖެހިފައިވާ މުބާރާތް ވަނީ ގއ، ގދ، ޏ، އަދި ސ އަތޮޅުގެ ރަށްތަކުގެ ޓީމްތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައެވެ.  އެހެންކަމުން މުބާރާތާއި ގުޅިގެން ރަށްރަށުން ގިނަ އަދަދެއްގެ ޓީމްތަކާއި މެހެމާނުން ޒިޔާރަތްކުރާނެތީ ގޭގޭގެ މަގުތަކާއި، ފަޅު ގޯތިތަކާއި، ރުއްގަނޑުތަކާއި އަދި އެކި ފަރާތްތަކަށް ދޫކުރެވިފައިވާ ހުސްގޯތިތައްވެސް ޚާއްޞަ ސަމާލު ކަމެއް ދެއްވައިގެން މުބާރާތުގެ ކުރިން ވަރަށް ބޮޑަށް ސާފުކޮށް ދެއްވުމަކީ މިއިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.

 އަދި ދަންނަވަމެވެ. މިފަދަ ކޮންމެ ކަމެއްގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.

    މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                25    ރަބީޢުލްއާޚިރު     1446

28 އޮކްޓޫބަރު 2024
ހޯދާ