ދިވެހިރާއްޖެ
1- ތިރީގައިވާ ތާވަލުގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
2- މި ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 28 އޮކްޓޫބަރު 2024 އިން 06 ނޮވެންބަރު 2024 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކު: https://forms.gle/1umDk39WpKb3uMdc7 3- މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2024 ނޮވެންބަރު 07 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ނިޔަލަށް މި އިޢުލާންގެ 6 ވަނަ ނަންބަރު ގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ. 4- ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ، 2024 ނޮވެންބަރު 07 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލް އޮފީހުގައެވެ. 5- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތާއި، އިތުރު މައުލޫމާތު މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. 6- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. އެޑްމިނިސްޓްރޭޝަން ސެކްޝަން އުލިގަމު ސްކޫލް، ހއ. އުލިގަން، ދިވެހިރާއްޖެ ފޯން: 6500548 އީމެއިލް: [email protected] ކޮޕީ-މެއިލް: [email protected] |