މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
2025 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

       2025 ވަނަ އަހަރުގެ (1 ޖެނުއަރީ 2025 ން 31 ޑިސެމްބަރ 2025ގެ  ނިޔަލަށް) މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

        ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އޮކްޓޫބަރ 2024 ން 05 ނޮވެމްބަރ 2024 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރެޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރެޖިސްޓްރީ ފޯމް" ގެ ލިންކް : https://forms.gle/i6KDJGtLDtpnp3786

  ނަން ނޯޓްކުރައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާގޮތުގެ މަތިން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

ތަން

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުން

މޭނާ ސްކޫލް

28 އޮކްޓޫބަރ 2024 ން 07 ނޮވެމްބަރ 2024

13:00

އަންދާސީ ހިސާބު ހުށައެޅުން

މޭނާ ސްކޫލް

12 ނޮވެމްބަރ 2024

13:00


 

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މޭނާ ސްކޫލުގެ   ނަންބަރު 6560001  ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އީމެއިލް އެޑްރެސްއަކީ [email protected] އެވެ. އަދި މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

28 އޮކްޓޫބަރު 2024
ހޯދާ