ދިވެހިރާއްޖެ
ތާރީޚް: 28 އޮކްޓޫބަރު 2024މ. ނަންބަރު:GS-49/IU/2024/32
އިޢުލާން
މާވަށު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
01 ޖެނުއަރީ 2025މ. ން 31 ޑިސެމްބަރ 2025މ. އަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 8/20141 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު19/2014 (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 28 އޮކްޓޫބަރު 2024 އިން 04 ނޮވެންބަރު 2024 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 04 ނޮވެންބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މިސުކޫލުގެ ނަންބަރ (6800010) އަށް ގުޅައި ސާފުކުރަންވާނެއެވެ. ބިޑް ހުޅުވުން އޮންނާނީ 07 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާވަށު ސުކޫލުގައެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800010 ނަންބަރު ފޯނާއެވެ.
28 އޮކްޓޫބަރު 2024