މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީހުން ދިރިއުޅުންނޫން ބޭނުންތަކަށް ބިން ދޫކުރުން

އިޢުލާން

މީހުން ދިރިއުޅުންނޫން ބޭނުންތަކަށް ބިން ދޫކުރުން

* ށ.ފޭދޫ ބަނދަރުސަރަހައްދުން ތެޔޮވިއްކާ ގުދަންކުރުމަށް 20 އަހަރުގެ މުއްދަތަށް ބިންދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބިމުގެ ތަފްސީލް

ބިން ދޫކުރާ އަދަދު

ބިމުގެ ބޮޑުމިން

ލޮޓްނަމބަރ

ތެޔޮވިއްކާ ގުދަންކުރުމަށް ދޫކުރާބިން

01

2000  އަކަފޫޓް

64

ބިންކުއްޔަށް ދޫކުރުމަށް ކަނޑައަޅާ އެންމެ ކުޑައަގަކީ އަކަފޫޓަކަށް 0.65ލ(ފަސްދޮޅަސް ފަސްލާރި)

             މި ބީލަމަށް ޝައުގުވެރިވާ ފަރާތްތަކުން 27  އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 13:00 އިން ފެށިގެން 30 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 14:00 އާއި ހަމަޔަށް މިއިދާރާގެ ކައުންޓަރަށް ނުވަތަ މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާ މައިކުރޮސޮފްޓު ފޯމް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. 

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން 06 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 11:00 ގައި މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އިވެލުއޭޓްކުރުމުގައި ޕޮއިންޓްދޭނެ ގޮތް

އަގު/ކުލި

ކުލީގެގޮތުގައި ހުށަހަޅާނީ މަހަކަށް އަކަފޫޓަކަށް 0.65 ލާރި އަށްވުރެ ކުޑަނޫން  އަގެކެވެ.މިބައި ހިސާބުކުރާނީ ހުށަހަޅާފައިވާ އެންމެ ބޮޑުއަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

60

ށ.ފޭދޫގެ ރައްވެއްސެއްނަމަ

15

ށ.ފޭދޫގައި ރައްވެހިވެފައިވާ ފަރާތެއް ނޫންނަމަ

5

ސީއެސް އާރުގެދަށުން ކޮށްދޭން ހުށަހަޅާ ކަންތައްތަކަށް

20

    އީމެއިލް: [email protected]

  ބީލަން ރަޖިސްޓްރީ ކުރަން އެދޭ ފޯމް: https://forms.office.com/r/h4PTXq27uY

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 އޮކްޓޫބަރު 2024
ހޯދާ