ދިވެހިރާއްޖެ
މިކައުންސިލުން އިސްނަގައިގެން މިއަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބޭއްވުމަށް ނިންމާފައިވާ " ކައުންސިލް ކަޕް ވޮލީ މުބާރާތް 2024 " މިއަންނަ ޑިސެމްބަރު މަހުގެ 10 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ ކައުންސިލް ނުވަތަ ރަޖިސްޓްރީކޮށްފައިވާ ކުލަބު ޖަމްއިއްޔާއެއްގެ ނަމުގައެވެ.
މުބާރާތުގެ ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް -/25000 ( ފަންސަވީސްހާސް ) ރުފިޔާ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް -/15000 ( ފަނަރަހާސް ) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމެޖިފައެވެ.
ވީމާ ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 27 ނޮވެމްބަރު 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތް ހިންގާ ޤަވައިދާއި،މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާފޯމް އަދި ޓީމްލިސްޓް ހުށަހަޅާފޯމް ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.