ދިވެހިރާއްޖެ
ވިޔަ މޮޑިއުލް ސާރވިސްކޮށް މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އޮތޯރިޓީގެ ނަންބަރު: (IUL)221-ASS/221/2024/28 އިއުނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިއުލާން ބާތިލްކޮށް އެމަސައްކަތް ކުރުމަށް އަލުން ހުޅުވާލަމެވެ.
މި މަސައްކަތުގެ އިތުރު ތަފްސީލާއި، ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މި އިއުލާނާއި އެއް ހީރަސްކޮށްފައިވާ ޓީ.އޯ.އާރްގައި ބަޔާން ކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 އޮކްޓޯބަރ 27 ވާ އާދިއްތަ ދުވަހުން ފެށިގެން 2024 ނޮވެމްބަރ 02 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/3Y0TmRxAqm
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.