ދިވެހިރާއްޖެ
މިކައުންސިލުން ޤާއިމްކުރަމުންދާ ކުޑަކުދިންގެ ޕާކުގައި ޕޭމަންޓް ގައު އެތުރުމާއި މިކައުންސިލުން ދައްކާ 3 ސަރަޙައްދުގައި ގާފޮޅެއް ރޭނުމަށް ކޯޓޭޝަން ހުށަހެޅުމަށްކުރެވިފައިވާ މިއިދާރާގެ ނަންބަރު (IUL)309-ESM/309/2024/133 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަނުގެ އަގުތަކަކީ މިމަސައްކަތް ކުރުމަށް އެކަށީގެންވާ އަގުތަކަށްވުރެ ބޮޑު އަގުތަކެއް ކަމަށް ފެންނާތީވެ، އަލުން ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.
ކޯޓޭޝަން ހުށަހަޅާއިރު މަސައްކަތް ނިންމާލެވޭނެ މުއްދަތު ހިމަނަންވާނެއެވެ.މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، 29 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.